ޚުލާސާ ކުރުން






ޚުލާސާ ކުރުމާއި ބެހޭގޮތުން ތިރީގައި ގެނެސްދީފައިވާ މަސައްކަތަކީ މުދައްރިސުންނަށާއި އަދި ދަރިވަރުން އަމިއްލައަށް އުނގެނުމުގެ އެހީއެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ވީޑިއޯކެވެ. މިގޮތުން މިވީޑިއޯގައި އަޅުގަނޑަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ޚުލާސާކުރާނޭގޮތާއި، ޚުލާސާކުރުމުގެ މަރުޙަލާތަކާއި، ޚުލާސާކުރުމުގައި ދަރިވަރުންނަށް ދިމާވާދަތިތަކާއި، މައްސަލަތަކާއި،  އެމައްސަލަތައް ޙައްލުކުރާނޭގޮތް ބަޔާންކޮށްދެވިފައި ވާނެއެވެ. އަދި މީގެ އިތުރުން ނަމޫނާ ޚުލާސާއަކާއި ވީޑިއޯ ބެލުމަށްފަހު ދަރިވަރުން ކުރާނޭ މަސައްކަތަކާއި އަދި އެމަސައްކަތަށް މާކުސްދޭނޭގޮތުގެ ރުބްރިކުވެސް އަޅުގަނޑު ހިމަނާފައިވާނެއެވެ. މި މަސަައްކަތް އަޅުގަނޑު މިގޮތަށް ހުށައަޅަން ގަސްތުކުރި އެންމެ ބޮޑު އެއްބޭނުމަކީ އަޅުގަނޑަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި އަޅުގަނޑުފަދަ އެހެން މުދައްރިސުންނާއި ދަރިވަރުން ޚުލާސާކުރުމުގެ މަސަައްކަތުގައި ދިމާވާ ތަފާތު ދަތިތަކާއި މައްސަލަތައް ދެނެގަނެ އެކަންކަން ޙައްލުކުރުމަށް އެހީތެރިކަން ފޯރުކޮށް ދިނުމެވެ. މިގޮތުން މި ފިލާވަޅަކީ ގްރޭޑް 7،8،9 އަދި 10 ގެ ދަރިވަރުންނަށް އަދި އެކުލާސްތަކަށް ކިޔަވައިދެއްވާ މުދައްރިސުންނަށްވެސް ވަރަށްބޮޑު އެހީއަކަށް ވެގެންދާނެކަމުގައި އުންމީދުކުރަމެވެ. މިމަސައްކަތް ބެއްލެވެމަށްފަހު އެކަށީގެން އުފެއްދުންތެރި ޚިޔާލެއް ދެއްވާނެކަމަށް އުންމީދުކުރަމެވެ. 


1 comment:

  1. ޚުލާސާކުރުމާ ގުޅޭ ވަރަށް ފުރިހަމަ މަޢުލޫމާތުކޮޅެއް. ވީޑިއޯގެ އަޑު ރަނގަޅުކޮށްލެއްވި ނަމަ ވަރަށް ފުރިހަމަވީސް

    ReplyDelete