އުގެނުމުގެ ކުޅިވަރު


އުނގަންނައިދިނުމުގައި އެންމެ މުހިންމު ކަމަކީ ދަރިވަރުންގެ ސަމާލުކަން ހޯދުމެވެ. މިގޮތުން މި ޞަފުހާގައި މިގެނެސްދެނީ ދަރިވަރުންނަށް ކުލާހުގައި ވާދަވެރި މާހައުލެއް އުފައްދައިގެން އުނގަންނައިދިނުމަށް އެހީތެރިވެދޭނޭ ކުޅިވަރުތަކެކެވެ. މިގޮތަށް ކުޅިވަރެއްގޮތަށް ފިލާވަޅުތައް ބައްޓަންކުރުމުން ކުދިންގެ ޝައުޤުވެރިކަން އިތުރުވެގެންދާނެއެވެ. އަދި ދަރިވަރުން ދަސްކުރާއެއްޗެއް އެކުދިންގެ ހިތުގައި ގިނަ ދުވަހަށް ހަރުލާފައި ހުންނާނެއެވެ. 
1- ކަހޫޓް

މިގޭމް މިތަނުގައި އަޅުގަނޑު ފަރުމާކޮށްފައި މިވަނީ ގްރޭޑް 7،8،9 ގެ ދަރިވަރުންނަށް އަދަބީބަސް ދަސްކޮށްދިނުމަށެވެ. މިގޭމް ކުލާސް ގްރޫޕްކޮށްގެން ނުވަތަ އެއްކުއްޖަކު އަނެއްކުއްޖަކަށް ނުވަތަ އަމިއްލައަށްވެސް ކުޅެވިދާނެއެވެ. ތިރީގައިވާ ލިންކަށް ފިތާލުމުން ގޭމް ހުޅުވޭނެއެވެ. އެއަށްފަހު '' ޕްލޭ'' ޓެބަށް ފިތާލުމުން ދެ މޯޑެއް ފެންނާނެއެވެ. އެއީ ''އެސައިން'' މޯޑާއި އަދި ''ޓީޗް'' މޯޑެވެ. މިތަނުން ތިބާ ގޭމްކުޅެން ބޭނުންވަނީ އެކަނި ކަމުގައިވާނަމަ އެސައިން މޯޑް ނަންގަވާށެވެ. ބޭނުންވަނީ ގުރޫޕުކޮށް ކުޅެންނަމަ ''ޓީޗް މޯޑް'' ނަންގަވާށެވެއެސައިން މޯޑުނެގެވުމުން ފެންނަ ބައިން ކުރިއޭޓް ނިއު އަށް ފިއްތަވާލައްވާށެވެ. ދެން އަންނަ ބައިން ވެސް ކުރިއޭޓް ނިއުއަށް ފިތަވާލެއްވުމުން ލިބޭ ކޯޑު ނުވަތަ ލިންކު ބޭނުންކޮށްގެން ގޭމް ކުޅެލެވޭނެއެވެޓީޗް މޯޑް ނެގުމުން ވެސް ދެ މޯޑެއް ފެންނާނެއެވެ. އެއީ ކުލެސިކް މޯޑާއި ޓީމް މޯޑެވެ. ކުލެސިކް މޯޑުގައި ދެ ޑިވައިސްއަކުން ކުޅެވޭނެއެވެ. މިއާއި ޚިލާފަށް ޓީމް މޯޑްގައި ބޭނުން ވަރަކަށް ޑިވައިސް ބޭނުންކުރެވޭނެއެވެ. ބޭނުންފުޅުވާ މޯޑު ނެންގެވުމުން ލިބޭ ކޯޑު ޑިވައިސްގައި ޖެއްސެވުމުން ގޭމް ކުޅެވޭނެއެވެ. ގޭމަށްކުޅުމަށްޓަކައި އަންނަނިވި ލިންކަށް ފިއްތަވާލައްވާށެވެ.  
 ކަހޫޑްގޭމް

2- ޕީޕީޓީ ދޭހަ ގޭމް


އާދަނުމެން މަސްބޭނުން

މިއީ  ގްރޭޑް 1 ނުވަތ 2 ގެ ދަރިވަރުންނަށް ދޭހައިގެ ސުވާލަށް ޖަވާބުދޭން ދަސްކޮށްދިނުމުގެ ގޮތުން ގޭމެއްގޮތަށް ވަކިވަރަކަށް ޕޮއިން ދީގެން ގްރޫޕްކޮށް ނުވަތަ ވަކިވަކިންވެސް  މުދައްރިސުންނަށް ކުލާހުގައި ގެންދެވިދާނެ މަސަައްކަތެެކެވެ. އާންމުގޮތެއްގައި ގިނަ ދަރިވަރުންނަކީ މާގިނައިން ލިޔެގެން ދޭހައިގެ ސުވާލަށްޖަވާދޭން ފޫހިވާކުދިންނެވެ. މިއީ މިކަމަށް ގެނެވިދާނެ ޙައްލެއްކަމަށް ފެނެއެވެ. ގޭމްކުޅުމަށްޓަކައި ފުރަތަމަ ފެންނަ ބަނދިތައް ދަރިވަރުންނާއިއެކު މުދައްރިސް ރާގުގައި ކިޔާނީއެވެ. އެއަށްފަހު ފެންނަ ސުވާލުތަކަށް ޖަވާބު ދިނުމުގެގޮތުން ކޮންމެވެސް އެއްގޮޅިއަކަށް ފިތަން ފުރުޞަތު ދޭނީއެވެ. ޖަވާބު ރަނގަޅުނަމަ ކަނޑައެޅޭ މިންގަނޑަކުން ޕޮއިންޓް ދެވިދާނެއެވެ. ގޭމާއިގެން ކުރިއަށް ދިއުމަށްޓަކައި ތިރީގައިވާ ލިންކަށް ވަންނަވާށެވެ.

3- ސިފަކުރުމުގެލަފުޒު (ކަން އިތުރާއި ނަންއިތުރު)






މިއީ ސިފަކުރުމުގެ ލަފުޒުތައް އޮޅުންފިލުވައި ދިނުމަށްފަހު ދަރިވަރުންނަށް  އިތުރަށް ފިލާވަޅު ފަރިތަކޮށް ދިނުމަށްޓަކައި ގޭމެއްގޮތަށް ވަކި އުސޫލަކުން ޕޮއިންޓް ދީގެން ދަރިވަރުންލައްވައި ކުޅުއްވިދާނެގޭމެކެވެ. މިގޮތުން ގްރޭޑް 1 އަދި 2 ގެ ދަރިވަރުންނަށް މިމަސައްކަތް ކުރިއަށް ގެންދެވިދާނެއެވެ. މި ޕްރެސެންޓޭޝަން ބޭނުންކުރުމަށްޓަކައި ޕްރެސެންޓޭޝަނުގެ ސުވާލުގެ ސުރުހީގައި ވާފަދައިން ސިފަކުރުމުގެ ލަފުޒަށް ފިއްތާލުމަށް ދަރިވަރުންނަށް އިރުޝާދުދޭނީއެވެ. ދަރިވަރަށް ރަނގަޅު ޖަވާބެއް ދެވިއްޖެނަމަ ކޮންމެ ރަނގަޅު ޖަވާބަކަށް ޕޮއިންޓް ދޭނީއެވެ. ޕްރެސެންޓޭޝަނަށް ދިއުމަށް ޓަކައި އަންނަނިވި ލިންކަށް ވަންނަވާށެވެ. 

ސިފަކުރުމުގެ ލަފުޒުގޭމް










No comments:

Post a Comment