މިބޮލޮގާއިމެދު
މި ބްލޮގަކީ ވިލާކޮލެޖުން މިހާރު އަޅުގަނޑު ހަދަމުންދާ ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ އިން އެޑިޔުކޭޝަންގެ އައިޓީ މާއްދާއިން ހަދަން ހަވާލު ކުރެވުނު އެސައިންމެންޓަކާއި ގުޅިގެން ތައްޔާރު ކުރެވުނު ބްލޮގެކެވެ. މި އެސައިންމެންޓުގައި ޙަވާލު ކުރެވުނު މަސައްކަތަކީ ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ ފަދަ ތަފާތު 3 މަސައްކަތެއް ހިމެނޭގޮތަށް ބްލޮގެއް ނުވަތަ ވެބްސައިޓެއް ތައްޔާރު ކުުރުމެވެ. މިގޮތުން މި ބްލޮގުގައި ގްރޭޑް 6 ން 10 އަކާއި ދެމެދުގެ ގްރޭޑްތަކަށް އުނގެނުމުގެ އެހީއެއްގެ ގޮތުން މުދައްރިސުންނަށާއި ސީދާ ދަރިވަރުންނަށް ބޭނުން ކުރެވިދާނެ ތަފާތު މަސައްކަތްތައް އަޅުގަނޑު ހިމަނާފައި ވާނެއެވެ. ކޮންމެ މަސައްކަތެއްވެސް އަމާޒުކުރެވިފައިވާ ގްރޭޑާއި ބޭނުންކުރާނޭގޮތް ލިޔެފައިވާނެއެވެ. މި ބްލޮގުގައިވާ ހުރިހާ މަސައްކަތް ތަކެއްވެސް ހިމަނާފައިވަނީ ބޭނުންކުރާ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭގޮތަށެވެ. މިގޮތުން ކޮންމެ މަސައްކަތެއްގެ ތަފްޞީލުގެ ތިރީގައި ދީފައިވާ ލިންކުތައް ބޭނުންކުރައްވައިގެން ޑައުންލޯޑް ކުރެއްވޭނެއެވެ. އުންމީދަކީ މިކުރެވުނު މަސައްކަތަކީ އަޅުގަނޑުގެ ފަރާތުން އެހެން މުދައްރިސުންނަށާއި ދަރިވަރުންނަށް ފައިދާކުުރުވަނިވި މަސައްކަތަކަށް ވުމެވެ. ބްލޮގުގައި ހިމަނާފައިވާ މަސައްކަތްތަކީ އަޅުގަނޑުގެ ކިޔަވައިދިނުމުގެ 17 އަހަރުގެ ތަޖުރިބާގެ އަލީގައި ތައްޔާރު ކުރެވިފައިވާ މަސަައްކަތްތަކެވެ. މި މަސައްކަތްތަކަށް އިތުރު އުފެއްދުންތެރި ފާޑުކިޔުންތަކަށް ޝުކުރުވެރިކަމާއިއެކު އަޅުގަނޑު އަބަދުވެސް މަރުޙަބާ ކިޔާވާހަކަ ކިޔުންތެރިންގެ އަރިހުގައި ދަންނަވާލަމެވެ.
ޝުކުރިއްޔާ!
އިބްރާހިމް ރަޝީދު
(S1801091)
No comments:
Post a Comment