ދޭހަ


Kiyaalama - Photos | Facebook  ދޭހައަކީ އިމްތިހާނު ކަރުދާސްތަކުގައި އެންމެ ގިނަ މާކުސް ކަނޑައެޅިފައި އޮންނަ ސުވާލެވެ. ކަން މިހެންހުރިއިރު އަޅުގަނޑުގެ ތަޖުރިބާގައި ގިނަދަރިވަރުންގެ ދޭހައިގެ ފެންވަރު ވަރަށްދަށެވެ. ނަތީޖާއެއްގެ ގޮތުން ދިވެހި އިމްތިހާނުތަކުގައި ގިނަދަރިވަރުންނަށް އެންމެ އުނދަގޫ ސުވާލަކަށްވެސް ގިނަފަރަށް ވެފައި އޮންނަނީ ދޭހައިގެ ސުވާލެވެ. ކަންމިހެންހުރިއިރު މިކަން ރަނގަޅު ކުރުމަށްޓަކައި ތަފާތު ފެންވަރުގެ ތަފާތު ބާވަތުގެ ދޭހަ ދަރިވަރުންލައްވާ ގިނައިން ހެއްދުމަކީ އެކުދިންގެ އަޑުއެހުމާއި ފަހުމްވުމުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމެވެ. އެހެންކަމުން މިތަނުގައި އަޅުގަނޑު މިގެނެސްދެނީ ގްރޭޑް 9 އަދި 10 ގެ ދަރިވަރުނަށް ބޭނުންކުރެވިދާނޭ ލިޔުމުގެ ދޭހައަކާއި އަޑުއެހުމުގެ ދޭހައަކާއި ގްރޭޑް 6 އަދި 7 ގެ ކުދިންނަށް ބޭނުންކުރެވިދާނޭ އަޑުއެހުމުގެ ދޭހައެކެވެ. މިތަނުގައި އަޅުގަނޑު މި ގެނެސްދޭ އަޑުއެހުމުގެ ދޭހަ ބިނާކޮށްފައި ވާނީ ރާއްޖޭގެ މައްޝޫރު ދެ ލަވަކިޔުންތެރިން ކިޔުއްވާފައިވާ އެއް އިރެއްގައި ދިވެހިންގެ ހިތްތަކުގައި ރަސްކަންކުރި ދެލަވައެއްގެ މައްޗަށެވެ. އެހެންކަމުން މިދެންނެވި އަޑުއެހުމުގެ ދޭހަތަކަކީ ދަރިވަރުން ވަރަށް ޝައުޤުވެރިވާނޭ މަސަައްކަތްތަކަކަށް ވާނޭކަމާއިމެދު ޝައްކެއްނެތެވެ. އަދި މީގެ އިތުރުން މި ތަނުގައި މި ހިމަނާލާ ކިޔުމުގެ ދޭހައަކީ ދޭހައިގެ ތަފާތު ފެންވަރުގެ ސުވާލުތައް ހިމެނޭގޮތައް ތައްޔާރުކުރެވިފައިވާ ދޭހައެއްކަމުން ދަރިވަރުން އިމްތިހާނަށް ތައްޔާރުކުރުމުގެ ގޮތުންވެސް މިދޭހަތަކުގެ ބޭނުން ހިފޭނޭކަމަށް އުންމީދު ކުރަމެވެ. ދޭހަތަަކާއި ދަރިވަރުންގެ މަސަައްކަތްތައް ހޯއްދެވުމަށް މި ލިންކުތަކަށް  ވަންނަވާށެވެ.

ގްރެޭޑް 9،10 ގެ އަޑުއެހުމުގެ ދޭހައިގެ ލަވަ

ގްރޭޑް 9،10 ގެ އަޑުއެހުމުހުގެ ދޭހައިގެ މަސައްކަތް

ގްރޭޑް 6،7 ގެ އަޑުއެހުމުގެ ދޭހައިގެ ލަވަ

ގްރޭޑް 6،7 ގެ އަޑުއެހުމުގެ ދޭހައިގެ މަސައްކަތް

 ގްރޭޑް 9،10 ގެ ދަރވިވަރުންގެ ކިޔުމުގެ ދޭހައިގެ މަސައްކަތް          



 

No comments:

Post a Comment